ހަބަރު

ހަސަން އަލީ ޑެޕިއުޓީ މިނިސްޓަރުކަމަށް، ކޮންޓްރޯލާ ކަމަށް އާ ބޭފުޅަކު

Jan 25, 2015
1

އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނެވި ހަސަން އަލީ އެ މަގާމުން ވަކިކުރެއްވުމަށް ފަހު އެ މަގާމަށް، ރައީސް މިއަދު އާ ބޭފުޅަކު ހަމަޖައްސަވައިފި އެވެ. ކޮންޓްރޯލާ އަކަށް ހުންނެވި، ހަސަން ބަދަލު ކުރެއްވީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ކޮންޓްރޯލާ ކަމަށް ރައީސް މިއަދު ހަމަޖެއްސެވީ، މުހައްމަދު އަންވަރެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކޮންޓްރޯލާކަމުން ހަސަން ވަކިކޮށް އޭނާ މިހާރު ބަދަލުކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. ހަސަން ކޮންޓްރޯލާ ކަމަށް ހަމަޖެއްސެވީ ޑިފެންސް މިނިސްޓަރުކަމުން ވަކިކުރި މުހައްމަދު ނާޒިމްގެ ބެލުމުގެ ދަށުން އެ ޑިޕާޓްމަންޓް ހިންގެވި ދުވަސްވަރު އެވެ. އެހެން ނަމަވެސް އިމިގްރޭޝަން މިހާރު ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.