ތިން ރަށެއްގެ އިންޖީނުގޭގެ ވަށާފާރު ރޭނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން އިން ބަޔަކާއި ހަވާލުކޮށްފި އެވެ.
ފެނަކަ އިން މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބ. ކަމަދޫ އާއި މ. މުލަކު އަދި އެއަތޮޅު މުލީގެ އިންޖީނުގޭގައި ވަށާފާރު އަޅަން ވަނީ ތިން ކުންފުންޏަކަށް ހަވާލުކޮށްފަ އެވެ. ނަމަވެސް މިކަމަށް ހަރަދުވަނީ ކިހާ ފައިސާއެއް ކަމެއް ފެނަކައިން ހާމައެއް ނުކުރެއެވެ.
ކަމަދޫގައި އިންޖީނު ގޭގެ ވަށާފާރުގެ މަސައްކަތް ކުރުމަށް މެކްސް ބިލްޑާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައިވާއިރު މުލަކު އިންޖީނުގޭގެ ވަށާފާރު ރޭނުމުގެ މަސައްކަތް ވަނީ ވެހިކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑްއަށް ހަވާލުކޮށްފަ އެވެ. އަދި މުލީގެ އިންޖީނުގޭގެ ވަށާފާރު ރޭނުމުގެ މަސައްކަތް ފެނަކަ އިން ހަވާލުކޮށްފައިވަނީ އިންޓަލޮކް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާއި އެވެ.
ފެނަކަ ކޯޕަރޭޝަން އިން ބުނެފައިވާ ގޮތުގައި މި ތިން ރަށުގެ އިންޖީނުގޭގައި ވަށާފާރު ރޭނުމުގެ މަސައްކަތް ވެސް އަންނަ މަސް ތެރޭގައި ނިންމަން ޖެހެ އެވެ.