މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ދެކުނު ރަށްތަކަށް ވައިޓް އެލާޓް ނެރެފި

ގއ. އިން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގައިވާ ރަށްތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:45 އިން މެންދުރުފަހު 2:45 އަށެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި އަތޮޅުތަކަށް މޫސުން ގޯސް ދުވަސްކޮޅެކެވެ. ސެޓްލެއިޓު ފޮޓޯތަކުން ފެންނަ ގޮތުގައި އެންމެ ދެކުނުގެ ތިން އަތޮޅުގެ މަތީގައި ބޯވިލާތައް ވަނީ ގިނަވެފަ އެވެ.