ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ މެމްބަރުކަމުން ލީލާ އިބްރާހިމްމަނިކު އިސްތިއުފާ ދެއްވައިފި އެވެ.
ލީލާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ އެހެން ދާއިރާއެއްގައި މަސައްކަތް ކުރެއްވުމަށް ބޭނުންވާތީ މެންބަރުކަމުން އިސްތިއުފާ ދެއްވަނީ ކަމަށެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ މެމްބަރުކަމުން ލީލާ އިސްތިއުފާ ދެއްވިތާ ކުޑައިރުކޮޅެއް ފަހުން އޭނާ ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފަ އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ތ. އަތޮޅާއި ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިވެސް ލީލާ ބައިވެރިވެވަޑައިގަންނަވަ އެވެ.