ރައްޔިތުންގެ މަޖިލިސް

"ނިޒާމީ ވޯޓުގެ ގަރާރު އަވަސްކުރަން އެމްޑީޕީން އެއްބަސްވެއްޖެ"

އެމްޑީޕީން ބޭއްވި ޕީޖީ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އަދި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވާހަކަ ދައްކަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ދަ ޑިމޮކްރެޓްސް އިން މަޖިލީހަށް ހުށަހެޅި ގަރާރު އަވަސްކުރުމަށް އެމްޑީޕީން އެއްބަސްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނިޒާމީ ވޯޓުގެ ގަރާރު އަވަސްކުރުމަށް އެމްޑީޕީން އެއްބަސްވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއާމެދު އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަނުޖެހުން މަޖިލީހުގެ ތަޅުމަށް ވަޑައިނުގަންނަވާތީ ކޯރަމް ހަމަނުވެ ޖަލްސާ ނުފެށިވަނިކޮށެވެ.

ނަޝީދު ވިދާޅުވީ ނިޒާމީ ގަރާރު އަވަސްކުރުމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެދިވަޑައިގެންނެވި ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާ މަޝްވަރާ ކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މެޖޯރިޓީ ލީޑަރު ވަނީ މި މަސައްކަތް އަވަހަށް ކުރުމަށް އެއްބަސްވެވަޑައިގެންފަ ކަމަށް ޑިމޮކްރެޓުންގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ވަނީ ވިދާޅުވެފަ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވިއިރު މެންބަރު އަސްލަމް މަޖިލީހުގެ ތަޅުމުގައި ނެތެވެ.

ރައީސް ނަޝީދު ވަނީ ނިޒާމީ ވޯޓުގެ ގަރާރުގެ ބަހުސް މާދަމާއަށް އެޖެންޑާ ކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނޮވެމްބަރު 30ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

މި ގަރާރު މަޖިލީހަށް ތައާރަފުކުރީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910