ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުއަކީ ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓް ކަމަށް ނިންމައިފި

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ޕީޕިއެމް ޕީއެންސީގެ ބައެއް އިސް ބޭފުޅުން -- ފޮޓޯ: އަވަސް
0%
0%
0%

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަކީ ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ނިންމައިފި އެވެ.

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒު އާއި ރަނިންމޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފަކީ ޕީޕިއެމް-ޕީއެންސީގެ ކެންޑިޑޭޓުން ކަމަށް ނިންމާފައިވާކަން ހާމަކުރެއްވީ ތ. ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން އެވެ.

ޣައްސާން މައުމޫން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަކީ ވައުދު ފުއްދަވާ ރައްޔިތުން ދެކެ ލޯބިފުޅުވާ ރައީސްއެއް ކަމަށެވެ.

"ޕީޕީއެމް ގެ ބިޔަ ލަޝްކަރު ފޫގަޅާލައިގެން މި ނުކުތީ އެ ދެ ބޭފުޅުން އިންތިހާބު ކުރަން،" ޣައްސާން މައުމޫން ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފުރިހަމަ ތާއީދު މުއިއްޒުއަށް އޮންނާނެ ކަމަށް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނަވާ ޑރ. ޖަމީލް ވަނީ ވިދާޅުވެފަ އެވެ.

މުއިއްޒުއަކީ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ދެ ޕާޓީން ނިންމާފައިވާއިރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މުއިއްޒު މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފަ އެވެ.

ޕީޕީއެމް އާއި ޕީއެންސީން މި ނިންމުން ނިންމާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމްއާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ސެނެޓަރުންނަށް އިއްޔެ އެންގެވި އެވެ. ނަމަވެސް އިންތިހާބު ބޮއިކޮޓް ނުކުރަން ސެނެޓަރުންގެ އަގުލަބިއްޔަތުން ނިންމި ފަހުން އެ ނިންމުން ބަލައިގަތުމަށް ޔާމީން ފުރަތަމަ ދެކޮޅު ހެއްދެވި އެވެ. މުއިއްޒުއަށް ތާއީދުކޮށް އިންތިހާބުގައި އޭނާ ވާދަކުރަން ޔާމީން ހުއްދަ ދެއްވީ ޕާޓީގެ ލީޑަޝިޕުން ތަކުރާރުކޮށް ޔާމީނާ ވާހަކަ ދެއްކެވި ފަހުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910