ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ރީރަޖިސްޓްރީއެއް ނުކުރައްވާ

ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން. ވޯޓު ލެއްވުމަށް ރީރަޖިސްޓްރީކުރައްވާފައެއް ނުވޭ -- ފޮޓޯ: އަވަސް
0%
0%
0%

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ރީރަޖިސްޓްރީކޮށްފައި ނުވާ ކަން ހާމަވެއްޖެ އެވެ.

ރައީސް ޔާމީން އަބަދުވެސް ވޯޓުލައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ދާއިމީ އެޑްރެސް އޮންނަ މއ. ކާމިނީގެ ހުޅަނގު ބައި ނިސްބަތްވާ މައްޗަންގޯޅި އުތުރު ދާއިރާގެ ރައްޔިތުން ވޯޓުލާ ވޯޓު ފޮށްޓަކަށެވެ.

ޕީޕީއެމްގެ އިސް ބޭފުޅަކު މިއަދު އަވަސް އަށް ވިދާޅުވީ ރައީސް ޔާމީން ވޯޓު ލެއްވުމަށް ރީރަޖިސްޓްރީ ނުކުރެއްވީ އެމަނިކުފާނު ވެސް އަދި ޕާޓީން ވެސް އެމަނިކުފާނަކީ ގައިދީއެއް ގޮތަށް ގަބޫލުނުކުރައްވާތީ ކަމަށެވެ.

"ރައީސް ޔާމީނަށް ދެކޮޅަށް ހިނގަމުންދާ ޝަރީއަތް އެ އޮންނަ އުސޫލުން ދިޔަނަމަ ހަގީގަތުގައި އެމަނިކުފާނު މިހާރު ހުންނަވަން ވާނީ މިނިވަންވެފައި ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އެހެންވެ ރަޖިސްޓްރީ ނުވެ އޮތީ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޕީޕީއެމް ޕީއެންސީގެ ސެނެޓަރުންނަށް އަންގަވާފަ އެވެ. ނަމަވެސް ޕީޕީއެމް ޕީއެންސީގެ ސެނެޓަރުންގެ އަގުލަބިއްޔަތުން ވަނީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް ނިންމާފަ އެވެ. އެގޮތަށް ނިންމުމުންވެސް ޔާމީން ވަނީ އިންތިހާބު ބޮއިކޮޓް ކުރުމަށް ދެވަނަ ފަހަރަށް ވެސް އަންގަވާފަ އެވެ. އެކަމަކު ރައީސް ޔާމީނާއި ޕީޕީއެމް އަދި ޕީއެންސީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު މިހާރު ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގައި ވާދަކުރެއްވުމަށް އެއްބަސްވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345