ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގެމަނަފުށްޓަށް މަސް ކިރައި ރައްކާކުރެވޭނެ ގޮތް ހަދާނަން: ރައީސް

ރައީސް ސޯލިހް ގެމަނަފުށި ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި
0%
0%
0%

ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ގއ. މެނަފުށި ރައްޔިތުން ބާނާ މަސް އެ ރަށަށް ކިރޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފި އެވެ.

ރައީސް ސޯލިހް ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ހަވީރު ގެމަނަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ އެކު މިރޭ ބޭއްވެވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ދެކުނު މަސްވެރިން ވަކިން ހާއްސަކޮށް ގެމަނަފުށީގެ މަސްވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކޮށްދީފައިވާނެ ކަމަށާއި އަދި މިހާރުވެސް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.

ރައީސް މިރޭ ވެވަޑައިގެންނެވި އެންމެ މުހިއްމު ވައުދަކީ ގެމަނަފުށި ރައްޔިތުން ބާނާ މަސް އެރަށަށް ކިރައި ރައްކާކުރެވޭ ގޮތަށް ފެސިލިޓީއެއް ގާއިމުކޮށްދިނުމެވެ. ރައީސް ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އެކަން ކޮށްދެއްވާނެ ކަމަށެވެ.

ގެމަނަފުށްޓަށް ވެވަޑައިގެންނެވި ވައުދުތައް

  • މަސް ކިރައި ރައްކާކުރެވޭނެ ފެސިލިޓީއެއް ހެދުން
  • ގެމަނަފުށި ކައިރީގައި އޮތް އަރައިގައްތާގައި ރިސޯޓެއް ހެދުން
  • 30 އެނދުގެ ހޮސްޕިޓަލެއް ހެދުން
  • ހައުސިން ޔުނިޓްތަކެއް އަޅައިދިނުން
  • ބިން ހިއްކައި ދިނުމާއި މޫދަށް އެރޭނެ ވަކި ސަރަހައްދެއް ހަދައިދިނުން
  • މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަކަށް ހެދުން
  • ކައުންސިލް އިދާރާގެ އާ އިމާރާތެއް އެޅުން'
  • ސްކޫލަށް މަލްޓި ޕާޕަސް ހޯލެއް އަޅައިދިނުން

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީވެސް އަދި ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންނެވި ނަމަވެސް ވެރިކަން ކުރައްވާނީ އެކުލަވާލާފައިވާ ހާއްސަ ސިޔާސަތުތަކަކާ އެކު ކަމަށެވެ.

މިދިޔަ ފަސް އަހަރު އެމަނިކުފާނު ވެރިކަން ކުރެއްވި ގޮތް އަދި ސިޔާސަތުތައް ތަންފީޒުކުރެއްވި ގޮތް ރައްޔިތުން ބަލައި ވަޒަންކުރުމަށްފަހު ވޯޓު ދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345