ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

ހުޅުމާލެ ހިޔާ ސަރަހައްދުގައި އިތުރު ބަސް ސްޓޮޕެއް

ހުޅުމާލޭ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އިތުރު ބަސް ސްޓޮޕެއް ހަދައިފި އެވެ.

ހިޔާ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އިތުރަށް ފަސޭހަކޮށްދިނުމަށް އާ ބަސް ސްޓޮޕް ހަދާފައިވަނީ 16 ވަނަ ޓަވަރު ކައިރީ ގައެވެ.

މިއީ ހިޔާ ފްލެޓް ސަރަހައްދުން މާލެއަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ހެދި ފަސްވަނަ ބަސް ސްޓޮޕެވެ.

ހިޔާ ސަރަހައްދުން މާލެއަށް ދަތުރުކުރުމަށް ކޮންމެ 15 މިނެޓަކުން ބަސް ދަތުރު އޮވެ އެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނިން ދޭ އާރްޓީއެލް ބަހުގެ ހިދުމަތުގެ ޑިމާންޑް އޮންނަ މިންވަރަށް ބަލައި ރައްޔިތުންނަށް ހިދުމަތް ދިނުން ފަސޭހަކުރުމަށްޓަކައި އެވަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

އާރްޓީއެލްގެ ބަހުގެ ހިދުމަތް ދޭ ގޮތާ މެދު ގިނަ އާންމުން ހިތްހަމަޖެހެ އެވެ.