ބަސް ދަތުރުތައް

ބައެއް ރޫޓުތަކުގައި ބަހުގެ ހިދުމަތް ފަށާ ގަޑި އަވަސްކުރަނީ

އެމްޓީސީސީ އިން މާލެ ސަރަހައްދުގައި ދެމުންގެންދާ ބަހުގެ ހިދުމަތް ފަށާ ގަޑި ބައެއް ރޫޓްތަކުގައި އަވަސްކުރުމަށް ނިންމައިފި އެވެ.

އެމްޓީސީސީ އިން މިހާރު ބަހުގެ ހިދުމަތް ފަށާ އާންމު ގަޑިއަކީ ހެނދުނު 6:00 އެވެ.

އެކަމަކު އެމްޓީސީސީ އިން ރޭގެ ވަގުތެއްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލޭގެ 8 ރޫޓަކުން ހެނދުނު 5:00 ގައި ބަހުގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

މިބަދަލު ގެނައުމަށް ނިންމީ ކަސްޓަމަރުންގެ ފަރާތުން ލިބިފައިވާ ހިޔާލުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

ހެނދުނު 5:00 ގައި ހިދުމަތް ފަށާ ރޫޓްތައް

  • ރޫޓް 1
  • ރޫޓް 2
  • ރޫޓް 6
  • ރޫޓް 7
  • ރޫޓް 8
  • ރޫޓް 10
  • ރޫޓް 11
  • ރޫޓް 12

އެމްޓީސީސީ އިން ބުނީ މިބަދަލާ އެއްގޮތަށް ހިދުމަތް ދޭން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.

އެމްޓީސީސީ އިން އަންނަނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ އިތުރުން ލ. އަތޮޅާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައިވެސް ބަހުގެ ހިދުމަތް ދެމުންނެވެ.