ހަބަރު

ފަޔާޒުގެ ފޮތް "ކުދިން ތަރުބިއްޔަތު ކުރުމަށް ފަހިމަގެއް" ނެރެފި

0%
0%
0%

އަހްމަދު ފަޔާޒު ހަސަން "ކުދިން ތަރުބިއްޔަތު ކުރުމަށް ފަހިމަގެއް"ގެ ނަމުގައި ލިޔުއްވާފައިވާ ފޮތް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ނެރެދެއްވައިފި އެވެ

ގައުމީ ކުތުބުހާނާގައި މިއަދު ހެނދުނު އޮތް މިރަސްމިއްޔާތުގައި މެޑަމް ފަޒްނާ ވިދާޅުވީ މިފޮތުގައި ހިމަނާފައިވާ މައުލޫމާތު އަމަލީ ގޮތުން ބޭނުން ކުރެވިދާނެ ކިތަންމެ ގޮތެއް އެބަހުރި ކަމަށެވެ.

އެކަމަނާ ވިދާޅުވީ މި ފޮތަކީ ވަރަށް މުހިއްމު އަދި ބޭނުންތެރި ފޮތެއް ކަމަށެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ކޮންމެ ދުވަހަކީވެސް ކަންކަން ދަސްކުރަންޖެހޭ ދުވަހެއްކަންވެސް ފާހަގަކުރެއްވި އެވެ.

ފަޒްނާ ވިދާޅުވީ ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިއްމު ކަމަކީ ކުދިންނަށް ނަމޫނާ ދެއްކުން ކަމަށާއި އެކަން ގިނަ ބަޔަކު ގަބޫލުވެސް ކުރާ ކަމަށެވެ. އަދި ކުދިންނަށް މައިންބަފައިން ދައްކާ ނަމޫނާގައި ކުދިން ނުހިފާ ނަމަވެސް އެކަމަކީ ކުދިންގެ ކިބައިން އުއްމީދު ކަނޑައިލާންވީ ކަމެއް ނޫން ކަމުގައި ވިދާޅުވި އެވެ.

"ކުދިންނަށް ނަމޫނާ ދެއްކުމުގައި ބެލެނިވެރިން ދެމި ތިއްބެވުމަކީ ވަރަށް މުހިއްމު ކަމެއް،" މެޑަމް ފަޒްނާ ވިދާޅުވި އެވެ.

ފަޒްނާގެ ވާހަކަފުޅުގައި ވަނީ ޓީޗަރެއްގެ ހައިސިއްޔަތުންނާއި މަންމައެއްގެ ހައިސިއްޔަތުން އެކަމަނާ ތަޖުރިބާ ކުރެއްވި ބައެއް ކަންކަންވެސް ތަޖުރިބާކުރައްވާފަ އެވެ.

ފަޔާޒުގެ މިފޮތުގައި ކުދިން ތަރުބިއްޔަތު ކުރުމުގައި އަމަލުކުރެވިދާނެ މުހިއްމު ގޮތްތަކާއި މައުލޫމާތުތައް ހިމަނާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910