ސިއްހަތު

މާމުއި އަކީ ސިއްހީ އެތައް ފައިދާއެއް ހިމެނޭ އެއްޗެއް

މާމުއި
0%
0%
0%

މާމުއި އަކީ ޒަމާނުއްސުރެ އިންސާނުން ބޭނުން ކުރަމުން އަންނަ ގުދުރަތީ އުފެއްދުންތަކުގެ ތެރެއިން އެންމެ އަގުހުރި އެއް އުފެއްދުމެވެ. މާމުއި ބޭނުންކުރަނީ ހަމައެކަނި ނިއުޓްރިޝަނަލް ޕްރޮޑަކްޓެއްގެ ގޮތުގައެއް ނޫނެވެ. ސަގާފީ ބޭސްވެރިކަމުގައި އަދި ބައެއް ކަހަލަ ޒަހަމްތައް ރަނގަޅު ކުރުމުން ފެށިގެން ކެންސަރަށް ފަރުވާ ދިނުމަށްވެސް މާމުއިގެ އުފެއްދުންތައް ބޭނުންކުރެ އެވެ.

މާމުއި ބޭނުންކުރާ ސިއްހީ ކަންކަމުގެ ތެރޭގައި ލޮލުގެ ބަލިތަކާއި. ފުއްޕާމޭގެ ބަލިތަކާއި، ކަރުތެރޭގެ އިންފެކްޝަންތަކާއި، ޓިއުބަކްލޯސިސް، ކަރުހިއްކުން، ހިކިފަސްވުން، ވަރުބަލިވުން، ބޯއެބުރުން، ހެޕަޓައިޓިސް، ބަނޑުހައިވުން، ވޯމް އިންފެސްޓޭޝަން، ޕައިލްސް، އެކްޒީމާ، އަލްސަސް ފަދަ ކަންކަން ހިމެނެ އެވެ.

މާމުއީގައި ހިމެނޭ މާއްދާތަކުގެ ސަބަބުން އެންޓިއޮކްސިޑެންޓް، އެންޓިމައިކްރޮބިއަލް، އެންޓި-އިންފްލެމެޓަރީ، އެންޓިޕްރޮލިފެރޭޓިވް، އެންޓިކެންސަ، އަދި އެންޓިމެޓާސްޓޭޓިކް އަސަރުތަކެއް ކުރާ ކަމަށް ދިރާސާތައް ބުނެ އެވެ. ހަކުރުބައްޔާއި، ނޭވާހިއްލުމާއި، ކާޑިއޯ ވެސްކިއުލަ، ނިއުރޯލޮޖިކަލް އަދި ގޭސްޓްރޯއިންޓެސްޓިނަލް ބަލިތައް ކޮންޓްރޯލްކޮށް ފަރުވާ ކުރުމުގައިވެސް މާމުއި އަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ.

މާމުއި އަކީ ބަލިތަކަށް ފަރުވާ ދިނުމުގައި ފައިޓޯކެމިކަލް، އެންޓި-އިންފްލެމެޓަރީ، އެންޓިމައިކްރޮބިއަލް، އަދި އެންޓިއޮކްސިޑެންޓް ޕްރޮޕަޓީތަކުގެ ސަބަބުން ފަރުވާގެ ދައުރެއް އަދާކުރެވޭނެ އެއްޗެކެވެ.

އެންޓިއޮކްސިޑެންޓްގެ ގޮތުގައި މަސައްކަތްކުރާ ފްލެވަނޮއިޑްސް އާއި ޕޮލިފެނޯލްސް އަކީ މާމުއީގައި ހިމެނޭ މައިގަނޑު ދެ ބަޔޯއެކްޓިވް މޮލިކިއުލް އެވެ. މިޒަމާނުގެ ސައިންޓިފިކް ހޯދުންތަކަށް ބަލާއިރު ހަކުރުބަލި، ނޭވާލާ ނިޒާމު، ގޭސްޓްރޯއިންޓެސްޓިނަލް، ކާޑިއޯ ވެސްކިއުލަ އަދި ނާރުތަކުގެ ނިޒާމު ފަދަ އެކި ބަލި ހާލަތްތަކަށް ފަރުވާ ދިނުމުގައިވެސް މާމުތަކީ އެންމެ ރައްކާތެރި އެއް ފަރުވާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910