ދަ ޑިމޮކްރެޓްސް

ދަ ޑިމޮރެކްޓްސްގެ ވެބްސައިޓް ލޯންޗްކޮށްފި

ދަ ޑިމޮރެކްޓްސްގެ ވެބްސައިޓް ލޯންޗްކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފަހުން އުފެއްދި ޕާޓީ -- ދަ ޑިމޮކްރެޓްސްގެ ވެބްސައިޓް ހަދާފައިވަނީ އިނގިރޭސި ބަހާއި ދިވެހި ބަހުންނެވެ.

މި ވެބްސައިޓްގައި ޑިމޮކްރެޓުންގެ ހަރަކާތްތަކުގެ މައުލޫމާތާއި ހަބަރުތައް އަދި އާންމު އެންގުންތައް ގެނެސްދީފައިވެ އެވެ.

ޑިމޮކްރެޓްސް އިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކާއި ރަނިންމޭޓެއް ވެސް ނެރެފަ އެވެ. އެގޮތުން އެ ޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ރަނިންމޭޓް ހުސައިން އަމްރު ގެންދަވަނީ އަތޮޅުތެރޭގައި ކެމްޕޭން ކުރައްވަމުންނެވެ.

ޑިމޮކްރެޓުންގެ އިސް ބޭފުޅުންނަކީ ކުރިން އެމްޑީޕީގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އެހެންވެ އެ ބޭފުޅުން ގެންދަވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށްވެސް ވިދާޅުވަމުންނެވެ.