ފަޒްނާ އަހުމަދު

އަންވަރުގެ ފޮތެއް މެޑަމް ފަޒްނާ ނެރެދެއްވައިފި

އަންވަރުގެ ފޮތް މެޑަމް ފަޒްނާ ނެރެދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އަންވަރު ނަޢީމް ލިއުއްވާފައިވާ ހިޔާލީ ވާހަކައެއް ކަމުގައިވާ "ދަ އިންވިސިބްލް: ދަ ކޮންފިއުޝަން" ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ނެރެދެއްވައިފި އެވެ.

މި ފޮތް ނެރުމަށް ގައުމީ ކުތުބުހާނާގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މެޑަމް ފަޒްނާ ވަނީ އަންވަރުގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފަ އެވެ.

ލިޔުންތެރިންނަށް ހިތްވަރު ދެއްވަމުން ފަޒްނާ ވިދާޅުވީ ރަނގަޅަށް ވާހަކަދެކެވޭ މީހަކަށްވާން ބޭނުންނަމަ މީހުން ދައްކާވާހަކަ އަޑުއެހުމަށާއި ހަމައެގޮތަށް ރަނގަޅަށް ލިޔަން ބޭނުންވާނަމަ ގިނަ ފޮތް ކިޔުމަކީ އެކަމަށް އޮތް ރަނގަޅު މަގެއް ކަމަށެވެ.

"ހަމަ އެހެންމެ އެހެން މީހުންގެ ހިޔާލުތައް ބަލައިގަތުމާއި އެ ކުރާ ކަމެއްގައި ދެމިހުރުން މުހިއްމު،" ފަޒްނާ ވިދާޅުވި އެވެ.

އަންވަރުގެ ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މެޑަމް ފަޒްނާ އިތުރަށް ވިދާޅުވީ ލިޔުންތެރިކަމުގެ މުހިއްމުކަން ފާހަގަކުރައްވައި، ލިޔުންތެރިކަން ދިރުވައި އަދި ކުރިއެރުވުމުގައިވެސް އެފަދަ ކަންކަމަށް ހިތްވަރުދޭ މާހައުލެއް ގޭތެރޭގައި އުފެއްދުން ކަމަށެވެ.

އަންވަރު ނައީމުގެ "ދަ ކޮންފިއުޝަން" ފޮތަކީ "ދަ އިންވިސިބްލް"ގައި ހިމެނޭ ތިން ފޮތުގެ ތެރެއިން ފުރަތަމަ ފޮތެވެ. މިއީ ރާއްޖެއާ ރާއްޖޭން ބޭރުގައި ހިނގާ ހިޔާލީ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ ވާހަކަ އެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910