ދުނިޔެ

ޔުކްރޭނަށް ދޭނެ ބެލިސްޓިކް މިސައިލެއް އެމެރިކާ އަތަކު ނެތް: ފައިނޭޝަލް ޓައިމްސް

އެމެރިކާ އަތުގައި ހުރި ބެލިސްޓިކް މިސައިލްތަކުން އެއްވެސް ވަރެއް ޔުކްރޭނަށް ފޮނުވައިގެން ފުއްދާލެވެން ނެތް ކަމަށް ފައިނޭޝަލް ޓައިމްސްއިން ބުނެފި އެވެ.

ޔުކްރޭނަށް ބެލިސްޓިކް މިސައިލް ފޮނުވައިފިނަމަ -- ހާޖަތެއް ޖެހިގެން ބޭނުންކުރާނެ ވަރުވެސް އެމެރިކާގައި ނުހުންނާނެ ކަމަށްވެސް ފައިނޭޝަލް ޓައިމްސް ނޫހުން ބުނެ އެވެ.

ރަޝިއާ ޖަހާލާފައި މޮޅުވެގަތުމަށް ޔުކްރޭނަށް ބޭނުންވަނީ ބާރުގަދަ -- ހަނގުރާމާގައި ބޮޑެތި ގެއްލުންތަކެއް ދެވިދާނެ މިސައިލާއި އެހެނިހެން ހަތިޔާރު ކަމަށް ޔުކްރޭން ދެކެ ލޯބިވާ މީހުން ބުނެ އެވެ. ނަމަވެސް ޔުކްރޭނަށް ހަތިޔާރު ފޮނުވުމަކީ ހަލަ ލޯމަރައިގެން ތިބެ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް އެމެރިކާ ބުނެ އެވެ.

އެމެރިކާ އަތުގައި ޔުކްރޭނަށް ފޮނުވިދާނެ ބާރުގަދަ ހަތިޔާރު ހުއްޓެއް ކަމަކު ފޮނުވަން ނުކެރިގެން އުޅެނީ ރަޝިއާއިން އިޚުތިޔާރު ކޮށްފާނެ ކަމެއް ނޭނގޭތީ އެވެ.

އެެމެރިކާގެ ހަތިޔާރު މައްޗަށް ބާރުގަދަ ކުރުމަށް ރަޝިއާ ވެސް އެފަދަ ހަތިޔާރު ބޭނުންކުރާނެ އެވެ.

ރަޝިއާގެ މިނިވަންކަމަށް ބުރޫއަރައި ދައުލަތަށް ބޮޑެތި ގެއްލުންތައް ވަމުންދާއިރު ބަލަން ނޯންނާނެ ކަމަށްވެސް ކުރިން އޮތީ ބުނެފަ އެވެ.

ރަޝިއާގެ ދިފާއުގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ޖެހުނު ނަމަވެސް، އެކަން ކުރާނެ ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ.

ޔުކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވައިގެން ހަނގުރާމަ ދިގުދެންމުމަކީ އެމެރިކާ ކުރަން ބޭނުން ނޫން ކަމެއް ކަމަށްވެސް ބައިޑަން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ. އެމެެރިކާ ފޮނުވާ ހަތިޔާރަކުން ރަޝިއާގެ އަވަށްތަކަށް ހަމަލާ ދިނުމަކީ އެއްގޮތަކަށްވެސް ކުރަން ބޭނުން ނޫން ކަމެއް ކަމަށް ވެސް އެމެރިކާ ބުނެ އެވެ.

ޔޫރަޕްގެ ގައުމުތަކުން ޔުކްރޭނަށް ފައިޓަރު ޖެޓު ފޮނުވަން އެމެރިކާ ގޮވާލާފައިވާއިރު އެމެރިކާ އަމިއްލައަށް އިސްނަގައިގެން، އެ މީހުންގެ އަމިއްލަ ސްޓޮކްތަކުން ޔުކްރޭނަށް ފައިޓަރު ޖެޓްތައް ނުފޮނުވާނެ ކަމަށް އޮތީ ބުނެފަ އެވެ.

ސަބަބަކީ ބަދަލުގައި ރަޝިއާގެ ހަމަލާތައް ވަރުގަދަކޮށްފާނެ ކަމަށް އޮތް ބިރެވެ. އަދި އެމެރިކާގެ އަމާޒުތަކަށް ރަޝިއާގެ ހަމަލާތައް ފުޅާކޮށްފާނެތީ އެވެ.