އޮބިޗުއަރީ

ޔޫސޭގެ ބައްޕަ ނިޔާވެއްޖެ

މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ)ގެ ބައްޕަ -- އިބްރާހީމް ދާއޫދު ނިޔާވެއްޖެ އެވެ.

ޔޫސޭގެ ބައްޕަ ނިޔާވީ އާލަސްކަންފުޅާ އުޅުއްވުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އިބްރާހީމް ދާއޫދުގެ ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ. ޖަނާޒާ އޮތީ އާ ސަހަރާ ގައެވެ.

އިބްރާހީމް ދާއޫދަކީ ވިޔަފާރީގައި އަދި ޔޫސޭގެ ބައެއް ފިލްމީ މަސައްކަތްތަކުގައި ބައިވެރިވެފައިވާ ބޭފުޅެކެވެ.