އޮބިޗުއަރީ

ސަންދާނު އަހައްމައިދީ ނިޔާވެއްޖެ

Aug 23, 2023

އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ)، 72، ނިޔާވެއްޖެ އެވެ.

ސަންދާނު އަހައްމައިދީ ނިޔާވީ ބަލިވެ އުޅޭތާ ދުވަސްކޮޅެއް ފަހުން ރޭ ދަންވަރު އެވެ.

ޑިމޮކްރަސީއަށް ވަކާލާތު ކުރެއްވި ސަންދާނު އަހައްމައިދީ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި އިންޓަނެޓްގައި "ސަންދާނު" ގެ ނަމުގައި މަޖައްލާއެއް ނެރެފަ އެވެ.

ދިވެހި ދައުލަތާ ދެކޮޅަށް މަސައްކަތްކުރުމުގެ ކުށުގައި 2002 ގައި ސަންދާނު އަހައްމައިދީ 15 އަހަރަށް ޖަލަށްލި ނަމަވެސް ފެބްރުއަރީ 2006 ގައި އޭނާއަށް އޭރުގެ ރައީސް މައުމޫން މާފު ދެއްވި އެވެ.