ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ވައުދު: ރޯދައިގެ ފަހު 10ގައި މަސައްކަތްކުރާނީ ގޭގައި

ސަރުކާރުގެ ގިނަ އިދާރާތަކެއް ހިންގަމުންދާ ވެލާނާގެ -- ފޮޓޯ: އަވަސް
0%
0%
0%

ރޯދަ މަހުގެ ފަހު 10 ދުވަހު ސަރުކާރުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "ހެޔޮވެރިކަން" ސިޔާސަތުގައި ވަނީ ރޯދަ މަހުގެ ފަހު 10 ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަޝްއޫލުވެގެންއުޅޭ ދުވަސްވަރެއްކަން ފާހަގަކޮށް މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި މި ދުވަސްތަކުގައި ސަރުކާރުގެ މުވައްޒަފުން "ވޯކް ފްރޮމް ހޯމް" އުސޫލުން މަސައްކަތްކުރާ ގޮތަށް ހިމަނާފަ އެވެ.

މަސައްކަތުގެ ބާވަތުންނާއި މެދުވެރިވާ ހާއްސަ ހާލަތްތަކުގެ ސަބަބުން އާންމު އުސޫލުން މަސައްކަތަށް ހާޒިރުވުމަކާނުލާ ފްލެކްސިބަލް އަދި ރިމޯޓް ވޯކިންގްގެ އުސޫލުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރެވޭނޭ ގޮތް ހަމަޖެއްސުމަށް ގާނޫނުތައް އިސްލާހުކުރަން ކަނޑައަޅާފައިވެ އެވެ.

މެނިފެސްޓޯގައި ވަނީ ދައުލަތުގެ މުއައްސަސާތަކުގެ ގަވަނަންސްގައި ހުރި ފަރަގުތައް ނައްތާލައި، މިނިވަންކަމާއެކު ދައުލަތުގެ މުއައްސަސާތައް ހިންގޭނެ ޒަމާނީ އޮނިގަނޑެއް ގާއިމުކުރުމަށްޓަކައި، ޕަބްލިކް ސާވިސްއެއް ގާއިމްކުރުމުގެ ގޮތުން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްވެސް ހުށަހަޅާފަ އެވެ.

މީގެ އިތުރުން ދިވެހި ސިވިލް ސާވިސްއަކީ ވެރިކަން ހިންގުމުގެ ބާރުގެ ސިޔާސަތުތައް ހަލުވިކަމާއެކު ތަންފީޒުކުރެވޭނެފަދަ ބައްޓަމަކަށް ގާއިމްކޮށްފައިވާ ހަރުދަނާ ނިޒާމަކާށް ބަދަލުކުރުމަށް ހިމަނާފައިވެ އެވެ. އެއާއެކު ސިވިލް ސާވިސްގެ ރެގިއުލޭޓަރީ ނިޒާމަކީ ޒަމާނީ ހިންގުމުގެ ގޮތަށް ބައްޓަންކުރެވިފައިވާ ނިޒާމެއްގެ ގޮތަށް ބަދަލުކުރުމަށް ގާނޫނީ އިސްލާހުތައް ގެންނާނެ ކަމަށް ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910