ދުނިޔެ

އެމެރިކާގެ ރައީސް ޖޯ ބައިޑަން އަންނަ މަހު ވިއެޓްނާމަށް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ސެޕްޓެމްބަރު 10 ގައި ވިއެޓްނާމަށް ވަޑައިގަންނަވާނެ ކަމަށް ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއިން އިއުލާންކޮށްފި އެވެ.

ވައިޓް ހައުސްއިން ބުނާ ގޮތުން ދަރުތުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އިގުތިސާދާއި، ޓެކްނޮލޮޖީ، ސަރަހައްދީ ހަމަޖެހުން އަދި މޫސުމީ ބަދަލުތައް ފަދަ މައުލޫތަކަށް މަޝްވަރާކުރެއްވުމެވެ.

ބައިޑަންގެ މިދަތުރުގައި ވިއެޓާނާމްގެ ވެރިންނާ ބައްދަލުކުރައްވާނެ އެވެ. އޭގެ ތެރޭގައި ޖެނެރަލް ސެކްރެޓަރީ ވެން ފޫ ޗޮންގް ހިމެނެ އެވެ. އަސްކަރިއްޔާގެ ވެރިންނަށް ނަސޭހަތް ދެއްވުމަށް ވެސް ބައިޑަން ވަގުތު ހުސްކުރައްވާނެ ކަމަށް ބެލެވެ އެވެ.

ވިއެޓްނާމަށް ކުރައްވާ ދަތުރު ނިއްމާލެއްވުމަށް ފަހު ބައިޑަން އެލަސްކާއާށް ވަޑައިގަންނަވާނެ ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ. އެއީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއާށް ދިން ޓެރަރިސްޓް ހަމަލާއަށް 22 އަހަރު ފުރުން ފާހަގަކުރެއްވުމަށެވެ.

އެމެރިކާގެ ރައީސަކު ވިއެޓްނާމަށް ވަޑައިގަތުމުގައި އޮތީ ހަމައެކަނި އިގުތިސާދީ ބޭނުމެއް ނޫނެވެ. އެއަށް ވުރެ ސަރައްދީ މަސްލަހަތުގެ ނަމުގައި، ޗައިނާއާ ދެކޮޅުވުމަށް ގައުމުތަކަށް ބުއްދިލައިދިނުން މުހިންމެވެ.

ވިއެޓްނާމާއި ޗައިނާއާ އެކު އޮންނަ އަޑި ނޭނގޭ ގުޅުމަކީ އޭގެ ސަބަބުން އެމެރިކާގެ ހައިސިއްޔަތަށް ގެއްލުމެއް ލިބިދާނެ ގުޅުމެކެވެ. މިހެންކަމުން މި ދަތުރުގައި ބައިޑަންގެ ވިސްނުންފުޅަކަށް ވާނީ ވިއެޓްނާމް ޗައިނާ ކޮޅަށް މާބޮޑަށް ބުރަ ނުވެ ހިފެހެއްޓެވުމެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަށް ރައީސްކަމުގެ ތިންވަނަ ދައުރެއް ލިބިވަޑައިގަތުމާ ގުޅިގެން ވިއެޓްނާމުން ވަނީ ޗައިނާއާ އެކު އޮންނަ ގުޅުން ބަދަހިކުރަން މަސައްކަތް ފަށާފަ އެވެ.

މި ގޮތުން ވެން ފޫ ޗޮންގް ވަނީ ބެއިޖިންއަށް ވަޑައިގަން ޝީ ޖިންޕިންގްއާ ބައްދަލުކުރައްވާފަ އެވެ. އަދި ސަރަހައްދީ އެކުވެެރިކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ދަންނަވާފަ އެވެ.

ބައިޑަންގެ މި ދަތުރުގައި ވިއެޓްނާމަށް ޗައިނާއިން ކޮންދެނީ ކޮން ކަމެއްތޯ ބައްލަވައި އަދި އެމެރިކާއަށް ކޮންދެއްވެން ހުރި ކަންތައްތައް ލިސްޓްކުރައްވާނެ އެވެ. އަދި ވިއެޓްނާމް ޗައިނާ ކޮޅަށް ބުރަވެދާނެ ކަމަށް ބެލެވޭ ދިމަދިމާގައި މަލަން އަޅުއްވާނެ އެވެ.