ރައީސް އަބްދުﷲ ޔާމީން

ޖޭޕީއާއެކު ކޯލިޝަން ނުހަދަން ޔާމީން އަންގަވައިފި

ގާސިމު އިބްރާހީމާއި އަބްދުﷲ ޔާމީން -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ނުހަދަން ޕީޕީއެމް-ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިފި އެވެ.

ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ޝައުގުވެރިކަން ނެތް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

"ޔާމީން އެންގެވީ ޖޭޕީއާއެކު ކޯލިޝަން ހެދުމަށް އެމަނިކުފާނު ޝައުގުވެރިކަން ނެތް ކަމަށް،" ޕީޕީއެމްގެ އޮފިޝަލް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ނުހެދުމަށް ޔާމީން އަންގަވާފައިވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަވެރި ސިޔާސީ ޕާޓީތަކަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ދައުވަތު ދެއްވާފަ އެވެ.

މުއިއްޒު އެ ދައުވަތު ދެއްވީ ރިޔާސީ އިންތިހާބުގައި އޭނާއަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއަށް ފަހު ތާއީދުކުރާ ފަރާތްތަކަށް ޝުކުރު އަދާކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގަ އެވެ.

"އަޅުގަނޑު މިދިއްކޮށްލީ ރަހްމަތްތެރިކަމުގެ އަތެއް. ގައުމު ދެކެ ލޯބިވާ ކޮންމެ މީހަކު ކޮންމެ ޕާޓީއެއް އަޅުގަނޑުމެންނާ އެކު ވަޑައިގަންނަވާ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާއާ ގުޅުމަށް މުއިއްޒުގެ ޝަރުތަކީ ގައުމުގެ ބަހާތަކާއި، މިނިވަންކަމަށް އިހްތިރާމު ކުރުމެވެ. އޭނާގެ އެންމެ ބޮޑު ވައުދަކީ ގައުމުގެ މިނިވަންކަން ދެމެހެއްޓުން ކަމުގައި ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910