ޖުމްހޫރީ ޕާޓީ

ކޯލިޝަން ހެދުމަށް ޖޭޕީން މިއަދު ގޮތެއް ނިންމަނީ

ޖުމްހޫރީ ޕާޓީން މިއަހަރުގެ ފެބްރުއަރީ މަހު ބޭއްވި އެ ޕާޓީގެ ގައުމީ ކޮންގްރެސްގައި ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމާއި ޕާޓީގެ އިސް ބޭފުޅުން -- ފޮޓޯ: އަވަސް
0%
0%
0%

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލުކުރާނެ ގޮތެއް ނިންމުމަށް ޖުމްހޫރީ ޕާޓީ -- ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް މިއަދު ބޭއްވުމަށް ނިންމައިފި އެވެ.

ޖޭޕީން ބުނި ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާނީ މިއަދު މެންދުރުފަހު 1:00ގައި ޖޭޕީގެ އޮފީސް، މ. ކުނޫޒުގައި ބާއްވާ އެ ޕާޓީގެ 160 ވަނަ ކައުންސިލް ބައްދަލުވުމުގަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން އަމަލުކުރާނެ ގޮތަކާމެދު އެ ޕާޓީން މިއަދު މަޝްވަރާކުރާއިރު ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ރަޢީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޖޭޕީގެ ލީޑަރު ގާސިމު އިބްރާހީމުގެ އަރިހަށް ވަޑައިގެން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ގާސިމާ ބައްދަލުކުރެއްވުމަށް ރައީސް ސޯލިހް ސަން އައިލެންޑަށް ވަޑައިގަތީ މިދިޔަ ބުދަ ދުވަަހު އެވެ. ރައީސް މާލެ ވަޑައިގަތީ އިއްޔެގެ މެންދުރުފަހުގެ ވަގުތެއް ގައެވެ.

ރައީސްއާ އެކު ސަން އައިލެންޑަށް ވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައޯސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ.

މަޝްވަރާތަކުގައި ލިބިފައިވާ ކުރިއެރުމާ ގުޅޭގޮތުން ޖޭޕީ އަދި އެމްޑީޕީން ވެސް ވަކިއެއްޗެއް ނުބުނެ އެވެ.

ޕީޕީއެމް-ޕީއެންސީ އިން ވެސް މީގެ ކުރިން ވަނީ ގާސިމާ ބައްދަލުކުރައްވާ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910