މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ އެލާޓް ލެވަލް އެންމެ މައްޗަށް

ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުންގެ އެލާޓް ލެވަލް އެންމެ މައްޗަށް ޖައްސައިފި އެވެ.

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލުމަށް ފުލުހުން ގެންދަނީ މާލެ އާއި އަތޮޅު ތެރޭގެ ހުރިހާ ރަށެއްގައި ހަރަކާތްތެރިވަމުންނެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން "އޮޕަރޭޝަން ބްލޫ ވޭވް"ގެ ނަމުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން މިއަދު ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން އިއްޔެއިން ފެށިގެން އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމި ނަތީޖާ އިއުލާނުކުރަން ދެން ފުލުހުންގެ އެލާޓް ލެވަލް ވަނީ އެންމެ މަތީ ދަރަޖައަށް ބަދަލުކުރެވިފައި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މިމަހުގެ ނުވަވަނަ ދުވަހު ވެސް މުޅި ރާއްޖޭގައި ފުލުހުން ހަރަކާތްތެރިވާ އަމަން ބެލެހެއްޓި އެވެ.

ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔައިރު އިންތިހާބުގެ ހުރިހާ ކަމެއްހެންވެސް ދިޔައީ ވަރަށް އަމާންއޮމާންކަމާ އެކު އެވެ.