ދިރާގު

ޕްރީއޯޑާ ކުރި ދިރާގުގެ ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަން ފަށައިފި

އަލަށް ތައާރަފުކުރި އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް ޕްރީއޯޑާ ކޮށްފައިވާ ދިރާގު ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރަން ފަށައިފި އެވެ.

އައިފޯން 15 ޕްރޯ އަދި ޕްރޯ މެކްސް ޕްރީއޯޑަ ކުރުމަށް ދިރާގުން ހުޅުވާލީ މި މަހުގެ 22ވީ ހުކުރު ދުވަހު އެވެ.

ދިރާގުން ބުނީ ޕްރީއޯޑައަށް ހުޅުވާލިތާ ކުޑަ ހިނދުކޮޅެއްގައި ތެރޭގައި ސްޓޮކް ހުސްވެފައިވާ ކަމަށެވެ.

ކަސްޓަމަރުންގެ ބޮޑު ތަރުހީބަކާ އެކު އާ ސްޓޮކް ލިބުމުން މިހަފްތާގައި އައިފޯން ދިރާގުން ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ޒަމާނީ އާ ފީޗާސް ތަކަކާ އެކު ނެރެފައިވާ އައިފޯން މޮޑެލްތައް ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާ އެކު ނުވަތަ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުންވެސް ގަނެވެ އެވެ.

ދިރާގު މެދުވެރިކޮށް އާ އައިފޯނު ގަންނަ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް، މަހަކު 10 ޖީބީގެ ހިލޭ ބޯނަސް ޑޭޓާވެސް ލިބެ އެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށް ވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.