ދިރާގު

ޕްރީއޯޑާ ކުރި ކަސްޓަމަރުންނަށް ދިރާގުން އައިފޯންތައް ހަވާލުކުރަން ފަށައިފި

Sep 23, 2022

އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް ޕްރީއޯޑާ ކޮށްފައިވާ ދިރާގު ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރަން ފަށައިފި އެވެ.

އެންމެ ފަހުގެ އައިފޯން 14 ޕްރޯ އަދި 14 ޕްރޯ މެކްސް ޕްރީއޯޑާ ކުރުމަށް ދިރާގުން ހުޅުވާލީ މިދިޔަ ހުކުރު ދުވަހު އެވެ.

ދިރާގުން ޕްރީއޯޑަރަށް ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސްޓޮކްވަނީ ހުސްވެފަ އެވެ.

ދިރާގުން ބުނީ ކަސްޓަމަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ އެކު އަލުން އައު ސްޓޮކް ލިބުމުން މިހަފްތާގެ ތެރޭގައި ދިރާގުން އައިފޯން ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ޒަމާނީ އައު ފީޗާސްތަކާ އެކު ނެރެފައިވާ އައިފޯންގެ ފަހުގެ މޮޑެލްތައް ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާއި އެކު ނުވަތަ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން ލިބޭނެ އެވެ.

އެންމެ ފަހުގެ އައިފޯނުތައް ދިރާގު މެދުވެރިކޮށް ގަތުމުން ކަސްޓަމަރުންނަށް ހަމަސް ދުވަހަށް، މަހަކު 5ޖީބީގެ ހިލޭ ބޯނަސް ޑޭޓާވެސް ލިބެ އެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓް ފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށް ވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަ ދިނުމަށް މަސައްކަތްކުރަމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.