މޫސުން

މޫސުން ގޯސް، ސަމާލުވޭ

މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަަމަށެވެ.

މި އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށެވެ. މީގެ އިތުރުން ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއި ގުގުރުން އެކަށީގެންވާ ކަަމަށާއި، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

ވޭތުވެ ދިޔަ ދެ ދުވަހުވެސް ރާއްޖޭގެ ކަނޑުތައް ފުދޭވަރަކަށް ގަދަ އެވެ. ނަމަވެސް ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއް ހިނގިކަމެއް އެނގިފައެއް ނުވެ އެވެ.