ޖަޕާން

ޖަޕާނުން ދޭ ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޖަޕާން ސަރުކާރުން ދޭ ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ޖަޕަނީޒް ގްރާންޓް އެއިޑް އިން މިފަހަރު ދޭ ހަ ސްކޮލާޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ހޮވޭ ދަރިވަރުން ކަނޑައެޅުމަށް ހަމަޖެހިފައިވަނީވެސް އެ ފަރާތުންނެވެ.

ޖަޕާން ސަރުކާރުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ގޮތަށް މީގެކުރިންވެސް 16 ދަރިވަރަކު ވަނީ ޖަޕާނަށް ކިޔވަން ގޮސްފަ އެވެ.

މާސްޓާޒްއަށް ކިޔެވުމަށް މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ ޔުނިވަސިޓީ އޮފް ސުކުބާގައި މާސްޓާސް ޕްރޮގްރާމް އިން އެންވަޔަރަންމަންޓަލް ސައިންސަސް، ނެޝަނަލް ގްރެޖުއޭޓް އިންސްޓިޓިއުޓް ފޯ ޕޮލިސީ ސްޓަޑީސް އިން މާސްޓާސް އޮފް ޕަބްލިކް ޕޮލިސީ ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިންނެވެ. އަދި ރިޓްސުމެއިކަން ޔުނިވަސިޓީގައި މާސްޓާސް އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް އަށެވެ.

ޖަޕާން ސަރުކާރުން ދޭ ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޑިސެމްވަރު ތިންވަނަ ދުވަހުގެ ނިޔަލަށެވެ.