ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޖަޕާނުގެ ޔުނިވާސިޓިއަކުން މާސްޓާސް ފެެންވަރުގެ ސްކޯލާޝިޕެއް

ޖަޕާންގެ ޔުނިވާސިޓީ އޮފް ސުކުބާގައި އިކޮނޮމިކްސް އެންޑް ޕަބްލިކް ޕޮލިސީ ގެ ދާއިރާއިން މާސްޓާސް އަށް ކިޔެވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ދަރިވަރުންނަށް ހުޅުވާލައިފި އެވެ.

އެ ސްކޯލާޝިޕް ގައި ޖަޕާނާއި އެ ދަރިވަރެއްގެ ގައުމާ ދެމެދު އެއްކޮޅު ޓިކެޓާއި ދަތުރު އެލަވެންސެއްގެ އިތުރުން ޓިއުޝަން ފީވެސް މުޅިން ހިލޭ ކޮށްދީފައި ވެއެވެ. އަދި ޔުނިވާސިޓީގައި ކިޔަވަން ހުރުމުގެ ހަރަދާއި ހެލްތް އިންސުރެންސެއް ވެސް ލިބޭނެ އެވެ. އެ ސްކޯލާޝިޕަށް އެޕްލިކޭޝަން ހުށާހެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ އެ ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހުގައި ބައިވެރިވުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ޔުނިވަރސިޓީއެއްތޯ އާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.