އޮބިޗުއަރީ

ތިނަދޫގެ ލަވަކިޔުންތެރިޔާ މަރިޔަންދީ ނިޔާވެއްޖެ

ގދ. ތިނަދޫގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް އަހްމަދު ދީދީ ނިޔާވެއްޖެ އެވެ.

މަރްޔަމްދީ ނިޔާވީ މިރޭގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓަ އެވެ.

އުމުރުން 73 އަހަރުގެ މަރްޔަމްދީ ގޭތެރެއަށް ވެއްޓިފައި އޮއްވާ ބަޔަކަށް ފެނިގެން ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް އަވަސް އަށް މައުލޫމާތު ދިން ބައެއް މީހުން ބުނެފައިވެ އެވެ.

ހަޔާތުގެ ބޮޑު ބައި ލޯފަން މީހެއްގެ ގޮތުގައި ހޭދަކޮށްފައިވާ މަރްޔަމް އަކީ ވަރަށް ރީތި ލަވަތަކެއް ކިޔާފައިވާ މީހެކެވެ. އެގޮތުން މަރްޔަމްގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން"، ފެންމީރުވި ރީތި ރަށޭ މިއީ ރޫހު ވަނީ ތިނަދޫގައޭ" ފަދަ ލަވަތައް ހިމެނެ އެވެ.

މަރްޔަމްދީގެ ކަށުނަމާދާއި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ނަމާދަށްފަހު ތިނަދޫގެ މަސްޖިދު ތަގްވާ ގައެވެ.