އިސްލާމިކް މިނިސްޓްރީ

މިނިސްޓަރު ޒާހިރު މިސްރަށް ވަޑައިގެންފި

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ މިސްރަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓަރުގެ މި ދަތުރުފުޅަކީ ގާހިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަތުވާއާ ގުޅޭ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ކޮންފަރެންސް މިނިސްޓަރު ޒާހިރު ތަގުރީރުވެސް ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މި ކޮންފަރެންސް ކުރިއަށް ދާނީ އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ.

މި ކޮންފަރެންސަކީ ދުނިޔޭގެ ފަތުވާ އިދާރާ އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

"ކޮންފަރެންސްގެ މިއަހަރުގެ ތީމަކީ ތޭވީސްވަނަ ގަރުނުގައި ފަތުވާ އަދި ފަތުވާ ދިނުމުގައި ހުރި ގޮންޖެހުންތައް،" އެވެ.