ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެޕޮއިންޓްމަންޓް ޕޯޓަލްއަށް ހެޔޮ ބަދަލެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޮންލައިން އެޕޮއިންޓްމަންޓް ޕޯޓަލްއަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

މިގޮތުން ބްރާންޗް އަދި ސާވިސް ސެންޓަރުން ހިދުމަތް ހޯދުމަށް ފަސޭހަކަމާއެކު އެޕޮއިންޓްމަންޓް ހޯދުމަށް އިތުރު ފަސޭހަތައް ވަނީ މިހާރު ވަނީ ތައާރަފްކޮށްފަ އެވެ.

ކަސްޓަމަރުންނަށް މިހާރު ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ކުރިއަށް އޮތް 10 ދުވަހަށް އެޕޮއިންޓްމަންޓް ލިބެންހުރި ތާރީހާއި ގަޑި ފަސޭހަކާއެކު ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

ޕާސަނަލް ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުމަށާއި ބީއެމްއެލްގެ ޓީމާ ބައްދަލުކޮށް ލޯނު އަދި ފައިނޭންސިންގެ މައުލޫމާތު ސާފުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެ އެވެ. އަދި ބިޒްނަސް ކަސްޓަމަރުންނަށް ބޭންކް އެކައުންޓް ހުޅުވުމާއި، ލޯނު އަދި ފައިނޭންސިންއަށް އެދި ހުށަހެޅުމާއި ލޯނާއި ފައިނޭންސިންއާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ބީއެމްއެލްގެ ސްޕެޝަލިސްޓް ޓީމާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެ އެވެ.

ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް އެޕޮއިންޓްމަންޓް ޕޯޓަލްއަށް ފަސޭހައިން ވަދެވޭނެ ގޮތްތައްވެސް ވަނީ ހަމަޖައްސާފަ އެވެ.