އޮފްބީޓް

މެނިކުއިން އަކަށް ވެގެން އުޅުނު މީހަކު ވައްކަންކޮށްގެން ހައްޔަރުކޮށްފި

ފިހާރައެއްގެ ކުރިމަތީގައި މެނިކުއިންއެއް ކަމަށް ހެދިގެން ހުރުމަށްފަހު އެތަނުން ވައްކަން ކުރި މީހަކު ޕޮލެންޑްގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މެނިކުއިންއެއް ކަމަށް ހެދިގެން ހުރި މީހާ ފިހާރަ ބަންދުކުރުމާ އެކު އެތަނުން ޖަވާހިރުތަކެއް ވަގަށް ނަގާފައިވާ ކަމަށެވެ.

ފުލުހުން މި މީހާ ހައްޔަރުކުރުމަށްފަހު އޭނާގެ ކުށުގެ ރެކޯޑް ބެލިއިރު މި މީހާއަކީ ކުރިންވެސް ފިހާރަތަކުން ވައްކަން ކުރުމުގެ ރެކޯޑް އޮތް މީހެކެވެ. އެގޮތުން މި މީހާ ވަނީ ކުރިން އެހެން ފިހާރަ އަކުންވެސް ވައްކަން ކޮށްފަ އެވެ.

ވައްކަންކޮށްގެން ހައްޔަރުކުރި މީހާއަށް ކުށް ސާބިތުވެއްޖެނަމަ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.