ޓޫރިޒަމް

ޖަރުމަނުން އެއްލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ޖަރުމަނުން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަނުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 102،213 އަށް އަރަ އެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޖުމްލަ 1.46 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރެއިން އަށް ޕަސަންޓަކީ ޖަރުމަނު ފަތުރުވެރިންނެވެ.

ޖަރުމަނުން މިދިޔަ އަހަރު ޖުމްލަ 133،424 ފަތުރުވެރިން ޒިޔާރަތްކުރިއިރު އެ ގައުމަކީ މިދިޔަ އަހަރު ރާއްޖެއަށް ހަތަރުވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 167،594 ފަތުރުވެރިން
  • ޗައިނާ - 159،938 ފަތުރުވެރިން
  • އިންޑިއާ - 159،386 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 117،253 ފަތުރުވެރިން
  • ޖަރުމަނު - 102،213 ފަތުރުވެރިން
  • އިޓަލީ - 87،825 ފަތުރުވެރިން
  • އެމެރިކާ - 57،422 ފަތުރުވެރިން
  • ފްރާންސް - 39،226 ފަތުރުވެރިން
  • ސްޕެއިން - 31،297 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 28،485 ފަތުރުވެރިން

ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު 13.6 ޕަސަންޓް ވަނީ ކުރި އަރާފަ އެވެ.