ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ ގަދަ 10 އަށް އޮސްޓްރޭލިއާ އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އޮސްޓްރޭލިއާ ވަނީ 17،884 ފަތުރުވެރިންނާ އެކު ރާއްޖެ މާކެޓުގެ 10 ވަނަ ހޯދާފަ އެވެ. މީގެ ކުރިން އެ މަގާމުގައި އޮތީ ސައުތް ކޮރެއާ އެވެ.
ރާއްޖެއަށް މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 971,382 އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 13.9 އިންސައްތަ އިތުރު އަދަދެކެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު:
- އިންޑިއާ - 114,622
- ރަޝިއާ - 113,883
- އިނގިރޭސިވިލާތް - 82,982
- ޗައިނާ - 71,766
- ޖަރުމަނު - 67,978
- އިޓަލީ - 65,433
- އެމެރިކާ - 40,461
- ފްރާންސް - 30,770
- ސްވިޓްޒަލޭންޑް - 20,439
- އޮސްޓްރޭލިއާ - 17,884
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި މިމަހުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު 4,642 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އަދި މި މަހުގެ މިހާތަނަށް 41,775 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.