ޓޫރިޒަމް

ޖޫން މަހުގެ ފަތުރުވެރިންގެ އަދަދު ރަނގަޅުވާން ފަށައިފި

ފަތުރުވެރިކަން ހީނަރުވުމަށްފަހު މިމަހުގެ ފަތުރުވެރިންގެ އަދަދު ރަނގަޅުވާން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖޫން މަހުގެ ފަތުރުވެރިންގެ އަދަދު ރަނގަޅުވެ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 95،736 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

މިއީ މިދިޔަ އަހަރުގެ ޖޫން މަހުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 3.5 ޕަސަންޓް އިތުރު އަދަދެކެވެ.

މި އިތުރުވުމާއެކު މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 904،980 އަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއައި 798،853 ފަތުރުވެރިންނަށްވުރެ 13.9 ޕަސަންޓް އިތުރުވުމެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • އިންޑިއާ - 107،117
  • ރަޝިއާ - 106،851
  • އިނގިރޭސިވިލާތް - 79،021
  • ޖަރުމަނު - 65،186
  • އިޓަލީ - 63،494
  • ޗައިނާ - 60،122
  • އެމެރިކާ - 37،659
  • ފްރާންސް - 30،217
  • ސްވިޓްޒަލޭންޑް - 19،795
  • ދެކުނު ކޮރެއާ - 16،943

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި މިމަހުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު 3،829 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ.

ރާއްޖެއަށް މިހާރު 22 ގައުމަކުން 35 އަށްވުރެ ގިނަ އެއާލައިނުން ދަތުރުކުރެ އެވެ.