ޓޫރިޒަމް

25 ދުވަހުން 138،000 އަށްވުރެ ގިނަ ފަތުރުވެރިން

ރާއްޖެއަށް މި އަހަރުގެ ފުރަތަމަ 25 ދުވަހުން 138،000 އަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 138،593 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 29.7 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރީ 106،826 ފަތުރުވެރިންނެވެ.

އެންމެ ގިނަ ފަތުރުވެރިން މިހާރު ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އެގައުމުން 19،389 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 14 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އިންނެވެ. އިޓަލީއިން 14،350 ފަތުރުވެރިން ޒިޔާރަތްކުރިއިރު ތިންވަނައިގައި އޮތް އިޓަލީއިން 13،848 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

އިނގިރޭސިވިލާތުން 11،496 ފަތުރުވެރިން އައިސްފައިވާއިރު ޖަރުމަނުން 8،253 ފަތުރުވެރިން އައިސްފައިވެ އެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ އެމެރިކާ، ފްރާންސް، ޗައިނާގެ އިތުރުން ކަޒަކިސްތާން އަދި ދެކުނު ކޮރެއާ އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި މިހާރު 22 ގައުމަކުން ސީދާ ދަތުރުތައް ރާއްޖެއަށް ކުރެއެވެ. އަދި 30 އަށްވުރެ ގިނަ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވަ އެވެ.

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1،215 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 168 ރިސޯޓާއި 877 ގެސްޓްހައުސްގެ އިތުރުން 157 ސަފާރީ އާއި 13 ހޮޓާ ހިމެނެ އެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 59،768 އެނދު އޮޕަރޭޓްކުރެ އެވެ.