ޓޫރިޒަމް

ޖަރުމަނުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް

ޖަރުމަނުން މި އަހަރުގެ މިހާތަނަށް އެއް ލައްކަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ފަސް ވަނައިގައި އޮތް ޖަރުމަނުން އަހަރުގެ މިހާތަނަށް 100،400 ފަތުރުވެރިން ރާއްޖެ އައިސްފަ އެވެ.

ޖަރުމަނާއެކު ޖުމްލަ ފަސް ގައުމަކުން އަހަރުގެ މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޖުމްލަ 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1.2 މިލިއަން ފަތުރުވެރިންނަށްވުރެ 10 ޕަސެންޓް އިތުރު އަދަދެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 207،700 ފަތުރުވެރިން
  • ރަޝިއާ - 154،100 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 121،900 ފަތުރުވެރިން
  • އިޓަލީ - 103،700 ފަތުރުވެރިން
  • ޖަރުމަނު - 100،400 ފަތުރުވެރިން
  • އިންޑިއާ - 85،800 ފަތުރުވެރިން
  • އެމެރިކާ - 48،100 ފަތުރުވެރިން
  • ފްރާންސް - 40،100 ފަތުރުވެރިން
  • ސްޕެއިން - 31،800 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 26،400 ފަތުރުވެރިން

ރާއްޖެއަށް އަހަރުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު 5،400 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

ފަތުރުވެރިކަމަށް މި ވަގުތު ރާއްޖޭގައި ޖުމްލަ 1،222 ޓޫރިސްޓް ފެސިލިޓީ ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 174 ރިސޯޓާއި 881 ގެސްޓްހައުސް އާއި 153 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ.