ހަބަރު

ރީނދޫ ހުމަށް ޖަހާ ވެކްސިނެއް ބޭނުންކުރުން މަނާކޮށްފި

ރީނދޫ ހުމުން ރައްކާތެރިވާން ޖަހާ އަމަރިލް ބްރޭންޑް ވެކްސިންގެ ބެޗް 2265 ގެ ވެކްސިންގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭތީ ވެކްސިން ބޭނުން ނުކުރަން ހެލްތު މިނިސްޓްރީން އަންގައިފި އެވެ. ހެލްތު މިނިސްޓްރީން އެގޮތަށް އެންގީ ޑަބްލިޔުއެޗްއޯ އިން އެގޮތަށް އަންގާ އެލާޓް ނެރުމާ ގުޅިގެންނެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބެޗް 2265 އަމަރިލް ވެކްސިނަކީ ބޭނުން ކުރުން އެންމެ ރަނގަޅު ވެކްސިނެއްކަން ޔަގީން ނުވާތީ އެ ވެކްސިން ބޭނުން ނުކުރުމަށެވެ.

ބޭނުން ނުކުރަން އެންގީ ބަނގްލަދޭޝްގެ ވެރިރަށް ޑާކާ ގައި އުފައްދާ ވެކެސިނެކެވެ. އެ ވެކްސިން ބަނގްލަދޭޝްގައި މިހާރުވެސް ދައުރުވަމުންދާތީ އެކަމަށް ސަމާލުވާން ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

އަމަރީލް ބެޗް 2265 އަކީ ޑާކާ ގައި ހުންނަ ޕެސްޗާ އިންސްޓިޓިއުޓް ނަމަކަށް ކިޔާ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.