އެމްޓީސީސީ

އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ 2023" ފަށައިފި

އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ 2023" މިއަދު ފަށައިފި އެވެ.

އެމްޓީސީސީގެ ކަށަވަރު ޝޯރޫމްގައި މި ޕްރޮމޯޝަން އިފްތިތާހްކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ކަށަވަރު ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

އެމްޓީސީސީން ބުނީ މި ޕްރޮމޯޝަންގެ މަގްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާ އެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށެވެ.

ޑިސްކައުންޓް ލިބޭ ޕްރޮޑަކްޓްތައް

  • ސުޒުކީ އަދި ޔަންމާ އިންޖީން
  • ސްޓާން އައިޓަމްސް
  • ސްކޮޓް ބޭޑާ ރެސިން
  • ސްކޮޓް ބޭޑާ ޖެލްކޯޓްސް
  • ޕިގްމެންޓްސް
  • ޔަންމާ ޖެންސެޓްސް
  • ސްޕެއާ ޕާޓްސް
  • އެކްސަސަރީޒް
  • އިންޑަސްޓްރިއަލް ގޭސް
  • ލުބްރިކަންޓްސް

މި ޕްރޮމޯޝަންގެ މުއްދަތުގައި ކުރާ ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 175 ހޯސްޕަވަރުގެ އިންޖީނެއް ދިނުމަށް އެމްޓީސީސީ އިން ވަނީ ނިންމާފަ އެވެ.

އެމްޓީސީސީ އިން ބުނީ މިޕްރޮމޯޝަން އަމާޒުކޮށްފައިވަނީ އޮޑިވެރިންނާއ،ި މަސްވެރިންނާއ،ި އިންޖިނޭރުންނާއ،ި ޓޫރިޒަމް ދާއިރާ އާއި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ ދުވަސްވަރު މާލެ އާއި އަތޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް އެމްޓީސީސީ އިން ވަނީ ނިންމާފަ އެވެ. އެގޮތުން މާލޭ ބަނދަރު ސަރަޙައްދ،ު ހުޅުމާލޭ ބަނދަރު ސަރަޙައްދު، ތިލަފުށީ ޑޮކްޔާޑް އަދި ސައިޓުގައި މިހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. މީގެއިތުރުން ރ. އަލިފުށ،ި ރ. ވާދ،ޫ ތ. ހިރިލަންދ،ޫ ތ. ތިމަރަފުށ،ި ތ. ދިޔަމިގިލ،ި ދ. ކުޑަހުވަދ،ޫ ކ. މާފުށ،ި ކ. ގުޅި އަދި ޏ. ފުވައްމުލަކުގައި އައުޓްޑޯ އިވެންޓްތަކެެއް ބާއްވާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.