އެމްޓީސީސީ

އެމްޓީސީސީ އިން ހިއްސާގެ ފައިދާގެ ގޮތުގައި 4 ރުފިޔާ ބެހުމަށް ނިންމައިފި

އެމްޓީސީސީގެ ހިއްސާގެ ފައިދާގެ ގޮތުގައި ހަތަރު ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

އެމްޓީސީސީގެ ބޯޑުގެ މިނިންމުމާ އެއްގޮތަށް ހިއްސާގެ ފައިދާ ބެހޭނީ އެ ކުންފުނިން ބާއްވަން ތައްޔާރުވަމުންދާ މިއަހަރުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައި ހިއްސާދާރުން، ބޯޑުގެ ނިންމުން ފާސްކުރުމުންނެވެ.

ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް އެމްޓީސީސީގެ ބޯޑުން ނިންމާފައިވަނީ 32.2 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީ އިން ބުނީ ހިއްސާގެ ފައިދާ ލިބޭނީ މެއި 23 ވަނަ ދުވަހުގެ ނިޔަަލަށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ހިއްސާދާރުންނަށް ކަމަށެވެ.

އެމްޓީސީސީގެ މާލީ ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 664 މިލިއަން ރުފިޔާ އެވެ.