ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުން މިއަދު އެންމެ ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ ހއ. އަތޮޅުން ފެށިގެން ގއ. އަތޮޅާ ދެމެދުގައިވާ ރަށްތަކަށެވެ.
މޯލްޑިވްސް މީޓިއިރޮލޮޖީ ސާވިސް (މެޓް އޮފީސް) އިން ލަފާކުރާ ގޮތުގައި މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އެެވެ.
ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭ ކަމަށް ލަފާކޮށްފައިވާއިރު އެހެން ހިސާބުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އިއްޔެވެސް ގަދަވަޔާ އެކު ބޯކޮށް ވާރޭވެހުނެވެ. އެގޮތުން އިއްޔެ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެން ހެދި އާންމުންނަށް އެތައް ދަތިތަކަކާ ވެސް ކުރިމަތިލާންޖެހުނެވެ.