އެޓާނީ ޖެނެރަލް

ނަޝީދުގެ ގަރާރު އޮތަސް މުއިއްޒު ހުވާ ކުރެއްވުމަށް ހުރަހެއް ނެތް: ދައުލަތް

ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި އެޓާނީ ޖެނެރަލްގެ ވަކީލު ފާތިމަތު ހަލީމް ވަކާލާތު ކުރައްވަނީ -- ސުޕްރީމް ކޯޓުގެ ލައިވް ސްޓްރީމްގެ ސްކްރީން ޝޮޓެއް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައިވީ ނަމަވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދައުލަތާ ސުވާލުތަކެއް އަމާޒުކޮށްފަ އެވެ.

ޖަވާބުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރެއްވި ދައުލަތުގެ އެޓާނީ ޖެނެރަލް އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރަނީ ވަކި ދެ ކަމެއް ނުކުރެވޭނެ ކަން ކަމަށެވެ.

އެއީ މަޖިލީހަށް ހުށަހެޅިފައިވާ ކަމަކަށް ބަހުސް ކުރުމާއި ފާސްކުރަން އޮތް ކަމެއް ފާސްކުރުން ކަމަށް ފާތިމަތު ހަލީމް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހަމަވުމުން އާ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރަން އޮންނަ ދުވަހު ހުވާކުރައްވަން ޖެހޭ ކަމަށް ގާނޫނު އަސާސީގައި އޮވޭ،" ފާތިމަތު ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީން ލާޒިމުކުރާ ކަމެއް ނުކުރެވޭ ގޮތަށް ގަވާއިދެއް ނުހެދޭނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަސް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާތީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގައި އެހެންވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910