ޔޫއެންޑީޕީ

ޒުވާނުން ޝަރުއީ ދާއިރާއަށް ޝައުގުވެރިކުރަން ބާއްވާ ފޯރަމް އަންނަ މަހު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) -- ފޮޓޯ: އަވަސް
0%
0%
0%

ޝަރުއީ ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުވުމަށް ކުރިއަށް ގެންދާ "ޖުޑިޝަރީ ފޯ ޖޫނިއާސް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ހިންގާ ޕްރޮމްރާމެކެވެ.

މިއީ ޝަރުއީ ދާއިރާއިން ކިޔަވަމުންދާ ފަރާތްތަކަށާއި ޒުވާނުންނަން ޝަރުއީ ދާއިރާގެ މައުލުމާތު ހިއްސާކޮށް މިދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރު ކުރުމަށް ހިންގާ ޕްރްގުރާމެކެއެވެ.

މި ޕްރޮގްރާމް ހާއްސަކޮށްފައިވަނީ އުމުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ސެޝަންތައް ކުރިއަށް ގެންދާނީ ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުންނާއި ވަކީލުންނާއި ޖޭއެސްސީގެ މުވައްޒަފުންނާއި ޑީޖޭއޭގެ މުވައްޒަފުންނާއި ޔޫއެންޑީޕީގެ މުވައްޒަފުން ހިމެނޭހެން ފެސިލިޓޭޓަރުންގެ ޓީމަކުންނެވެ.

މި ޕްރްގުރާމުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ފުރުސަތު ދިނުމަށް ޖޭއެސްސީ އިން ނިންމާފައިވަނީ 40 ޒުވާނަކަށެވެ.

މި ޕްރޮގްރާމް މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ 14 އިން 21 އަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910