ޔޫއެންޑީޕީ

ޔޫއެންޑީޕީން ކޯޓްތަކަށް އައިޓީ ސާމާނު ހަދިޔާކޮށްފި

Sep 17, 2020
1

ޔުނައިޑެޓް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރަގްރާމް (ޔޫއެންޑީޕީ) ގެ ހިލޭ އެހީގެ ދަށުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރާއްޖޭގެ ކޯޓްތަކަށް އައިޓީ ސާމާނު ހަދިޔާކޮށްފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ޔޫއެންޑީޕީގެ ހިލޭ އެހީގެ ދަށުން، ޝަރީއަތްތައް ހިންގުމަށް ބޭނުންވާ ގިނަ އަދަދެއްގެ އައިޓީ ސާމާނާއި އޮފީސް 365 ގެ ލައިސަންސްއާ ޖޭއެސްސީގެ މަސައްކަތްތައް އޮންލައިންކޮށް އަދި ޒަމާނީކޮށް ގެންދިއުމަށް ބޭނުންވާ ސާމާނު ހަދިޔާކޮށްފައިވާ ކަމަަށެވެ.

އެ ކޮމިޝަނުން ބުނީ މި އެހީގެ ސަބަބުން އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ޖޭއެސްސީގެ މަސައްކަތްތަކަށް ދިމާވެފައިވާ ހުރަސްތައް ނެތިގެންދާނެ ކަމަށެވެ.