ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހްގެ ވަދާއީ ހިތާބު މާދަމާ

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މާދަމާ ދިވެހި ގައުމާ މުހާތަބު ކުރެއްވުމަށް ނިންމަވައިފި އެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވާނީ ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި މާދަމާ ހެނދުނު 10:00 ޖަހާއިރު އެވެ.

މިއީ ރައީސް ސޯލިހްގެ ވެރިކަމުގެ ޒައާމަތުގައި ދިވެހި ގައުމާ މުހާތަބު ކުރައްވާ ދެއްވާނެ ވަދާއީ ހިތާބު ކަމަށް ބެލެވެ އެވެ.

ރައީސް ސޯލިހްގެ ފަސް އަހަރުގެ ރިޔާސީ ދައުރު މިހިނގާ ނޮވެމްބަރު 17 ވަނަ ދުވަހު ހަމަވާނެ އެވެ.