ހަބަރު

ރައީސްގެ ހިތާބުން ރައްޔިތުންގެ އުއްމީދު އާވާނެ: ނަޝީދު

Nov 11, 2020
5

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތާބަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.

ރައީސް ސޯލިހުގެ ހިތާބަށް އިޝާރަތްކުރައްވައި، ނަޝީދު ވިދާޅުވީ އެ ހިތާބުން ކުރިއަށްއޮތް އަހަރުގެ މިސްރާބު ސާފުވެ، ރައްޔިތުންގެ އުއްމީދު އާވާނެ ކަމަށެވެ.

"މާތްﷲ ގެ އިރާދަފުޅުން ރަނުން ރަނަށް ވައުދުތައް ފުއްދޭނެ،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރު ހިންގުމާ ގުޅޭގޮތުން ދެ ރައީސުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުކަމުގެ އަޑުތައް ދޭތޭރެ ދޭ ތެރެއިން ގަދަވެ އެވެ. އަދި އެ ނުތަނަވަސްކަން އާއްމުންނާ ހަމައަށް ތިލަވެގެން އަންނައިރު، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެ ތެރެއިންވެސް ކޯޅުންތައް ފެންނަމުންދެ އެވެ.

ވަރަށް ގިނަ ދާއިރާތަކަށް އަލި އަޅުއްވާލެއްވި ހިތާބުގައި ރައީސް ވަނީ ކޮވިޑް-19 އިގެ ދަތި ހާލަތުގެ ތެރެއިން ވެސް އަންނަ އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް، އިގުތިސޯދީ ދަތިކަމުން އަރައިގަތުމާ ދިމާލަށް ގައުމުގެ ގެންދަވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މިގޮތުން، ތައުލީމާއި، ސިއްހަތާއި، ކުޅިވަރާއި، އިޖުތިމާއީ ރައްކާތެރިކަމުން ފެށިގެން ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ކުރިއަށް އޮތް އަހަރުތަކުގައި ސަރުކާރުން ގެންގުޅޭ ތަސައްވުރު، ރައީސް ސޯލިހު މިއަދު ވަނީ ކޮންމެވެސް މިންވަރަކަށް ހިތާބު މެދުވެރިކުރައްވައި، ހިއްސާ ކުރައްވައިފަ އެވެ.