އާބަންކޯ

ހިޔާ ފްލެޓް ފިނިޝިންއަށް ކުރި ހަރަދު ދޭނެ: ފަޒުލް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތައް -- ފޮޓޯ: އަވަސް
0%
0%
0%

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް އެތަން ތަނުގެ ވެރިން ކުރި ހަރަދު އަނބުރާ ދޭނެ ކަމުގައި އާބަންކޯގެ އާ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ފަޒުލް މިހެން ވިދާޅުވެފައި މިވަނީ އެ ފައިސާ އަނބުރާ ދެން ނުދޭނެ ކަމަށް ބުނެ ނޫހަކު ކޮށްފައިވާ ރިޕޯޓަކާ ގުޅިގެންނެވެ.

"ރައީސް މުއިއްޒު ވައުދުވި ގޮތަށް ހިޔާ ފްލެޓް ހަދަން ހަރަދުކުރި ފައިސާ ހިޔާ ފްލެޓްގެ ވެރިންނަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ފަޒުލް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް އެތަން ތަނުގެ ވެރިން ކުރި ހަރަދު އަނބުރާ ދިނުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދެކެވެ.

އެގޮތުން މުއިއްޒު ވައުދުވެވަޑައިގަތީ ކޮންމެ ފްލެޓަކަށް 200،000 ރުފިޔާގެ ބަދަލެއް ދިނުމަށެވެ. ހިޔާގެ 6،720 ފްލެޓްގައި މީހުން ދިރިއުޅޭއިރު ދެ ލައްކަ ރުފިޔާ އިން ބަދަލު ދޭނަމަ ޖުމްލަ 1.34 ބިިލިއަން ރުފިޔާ އެކަމަށް ހަރަދުވާނެ އެވެ. އެހެންކަމުން ދައުލަތުގެ އިގްތިސާދީ ހާލަތު ހުރި ގޮތުން މިއީ ކުރެވިދާނެ ކަމެއްތޯ ބައެއް މީހުން ސުވާލުވެސް އުފައްދަ އެވެ.

މުއިއްޒު މީގެ ކުރިން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކާއި، ސަރުކާރު ކުންފުނިތަކުން ހަދާފައިވާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވުމަށްވެސް ވައުދުވެވަޑައިގެންފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910