ހުޅުމާލެ

ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކުގެ ކުލިވެސް ކުޑަކޮށްފި

ރައީސް މިއަދު ހުޅުމާލެގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަދައްކަވަނީ -ފޮޓޯ:ޓުވީޓު
0%
0%
0%

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ފްލެޓްތަކުގެ ކުލިވެސް މިއަންނަ މަހުން ފެށިގެން ކުލީގެ 20 ޕަސެންޓް ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭން ހަރަކާތެއްގައި މިއަދު ހުޅުމާލެ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މި ލުއި ރައްޔިތުންނަށް ދޭން ނިންމާފައިވަނީ އިގްތިސާދު ހާލަތު ހުރިގޮތުން ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ގިނަ ބައެއްގެ އާމްދަނީ ދަށްވެފައިވާތީ ކުލި ދެއްކެނީ ވަރަށް ހާލުގައި އުޅެގެން ކަމަށްވާތީ ސަރުކާރުން މިކަމުގައި އެހީތެރިވެދޭން ބޭނުންވާ ކަމަށެވެ.

"ސަރުކާރުން މި 20 ޕަސެންޓް މެނޭޖްކުރާނީ، ގިނައީ ޖީޓުޖީ ލޯންސް، ދެ ގައުމުގެ ދެމެދުގައި ހެދިފައި ހުރި އެގްރީމެންޓް ތަކުން ހެދިފައިވާ ލޯނުތައް ދައްކަން ހުރީ ފޭސް އެކެއްގައި ހުރި ފްލެޓްތަކުގައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހުޅުމާލޭގެ ފުރަތަމަ ފިޔަަވަހީގައި ހުރި ފްލެޓްތަކުގެ ކުއްޔަށް ގެނައި ބަދަލު ސަރުކާރަށް މެނޭޖުކުރެވޭނެ ކަމަށެވެ. އަދި އެކަމާ ރައްޔިތުން ކަނބޮޑުވާން ނުޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ފްލެޓްތަކުގެ މެއިންޓަނަންސް ފީގެ ކަންކަމުގައި އަމަލުކުރަންވީ ގޮތްތައް އާބަންކޯ އާއި ހައުސިން މިނިސްޓްރީން ހަމަޖައްސަމުންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެތަންނ ސަރުކާރުން އެޗްޑީސީ އާއި ހައުސިން މިނިސްޓްރީއާ ގުޅިގެން ކޮންމެސް ގޮތްތަކެއް ހޯދާނަން، މިވަގުތުގައި ވަކި އަދަދެއް އޭގެން ކުޑަކުރާނެ ކަމަށް އަޅުގަނޑަށް ދެންނެވެން ނެތީ ހިސާބުތައް ހަދާ ނުނިމޭތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މީގެކުރިން ވަނީ ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްތަކުގެ ކުލިވެސް ކުޑަކޮށްދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910