އާސަންދަ

އައިވީއެފް އާއި ބޯންމެރޯގެ ފަރުވާ އާސަންދައިން ލިބޭ ގޮތް ހަަދަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
100%

އައިވީއެފް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާ އާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ހިދުމަތް އާސަންދަ އިން ލިބޭ ގޮތަށް ހަމަޖައްސަވައި އާސަންދަ އާއި ގުޅޭ އުސޫލުތައް އެގޮތަށް އިސްލާހުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ މަޖިލީހުގައި މިއަދު ނިންމެވި ބޮޑެތި ނިންމެވުންތައް ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އައިވީއެފް އާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމާ ގުޅޭ ފަރުވާތައް ކަވަރުކުރެވޭނެ ހޮސްޕިޓަލްތަކާއި އަދި އެފަދަ ފަރުވާތައް ކުރެވޭ ގޮތަށް އާސަންދަ އުސޫލުތައް ވަރަށް އަވަހަށް އިސްލާހުކުރުމަށްފަހު ގެޒެޓް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބޯންމެރޯ ހަދަންޖެހޭ ކުދިން އެކަމުގެ ފަރުވާ ހޯދަމުންދާ ހޮސްޕިޓަލުން ކަމާ ގުޅޭ ބައެއް ފަރުވާ ނުލިބޭތީ ފެންވަރު ރަނގަޅު އެހެން ހޮސްޕިޓަލަކަށް ބަދަލުވާންޖެހޭ ވަގުތު އިތުރަށް ދައްކަންޖެހޭ ފައިސާ އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށްޓަކައި ބޭރުގެ ހޮސްޕިޓަލްތައް އަލުން ގްރޭޑްކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ރައީސް މިއަދު ވަނީ ރާއްޖޭގައި ފާޓިލިޓީ ކެއާއަށް ހާއްސަ ސެންޓަރެއް ހެދުމަށްޓަކައި 30 މިލިއަން ރުފިޔާގެ ފަންޑެއް ދައުލަތުގެ ބަޖެޓްގެ ތެރެއިން ހަމަޖައްސަވާނެ ކަމަށްވެސް އިއުލާންކުރައްވާފަ އެވެ.

އައިވީއެފް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާ އާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ހިދުމަތުގެ އިތުރުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް އާސަންދަ އިން ހެދޭ ގޮތް ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މެޑިކަލް ޗެކަޕް ހެދުމުގެ ހިދުމަތް އާސަންދައިގެ ތެރެއިން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އެކަންކުރާނީ ކޮންމެ އުމުރުފުރާއަކަށް ޕެކޭޖުތަކެއް ހަދައިގެން ކަމަށެވެ. ސަރުކާރުގެ ބޭނުމަކީ ބަލި ޖެހުމުގެ ކުރިން ރައްޔިތުން ބަލިން ސަލާމަތް ކުރުން ކަމަށްވާތީ އާސަންދައަށް ރަޖިސްޓާކޮށްފައިވާ ކޮންމެ ތަނަކުން މެޑިކަލް ޗެކަޕް ލިބޭނެ ގޮތް ހެދުމަށް އިސްކަން ދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345