މޯލްޑިވްސް ޕޮލިސް ސާވިސް

ހިޔާ ފްލެޓެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތައް -- ފޮޓޯ: އަވަސް
0%
0%
0%

ހިޔާ ފްލެޓެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

މި ހަމަލާ ދީފައިވަނީ މިރޭގެ ވަގުތެއްގައި ހަ ނަންބަރު ޓަވަރުގެ އެ ޕާޓްމަންޓެއްގެ ތެރޭގައެވެ.

ފުލުހުން ދަނީ މިހަމަލާގެ މައުލޫމާތު ލިބިގެން އެ އާޕްޓްމަންޓުގައި ހަރަކާތްތެރިވަމުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން އިތުރަށް ބުނީ ހަަމަލާއާއި ގުޅިގެން ޒަހަމްވީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.

އަނިޔާ ލިބުނު މީހާގެ ހާލަތާ ގުޅޭ އަދި އިތުރު އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

މިދިޔަ ހަފްތާ އިން ފެށިގެން މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ދަނީ ސިލްސިލާ މާރާމާރީތަކެއް ހިންގަމުންނެވެ. އެހެންވެ ފުލުހުން ވަނީ މި ދެ ސިޓީގައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަވެސް ކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910