މޯލްޑިވްސް ޕޮލިސް ސާވިސް

ކޯރާޑިން ހަމަލާދިން މައްސަލަ: އެކަކު ޝަރީއަތް ނިމެންދެން ބަންދު

Feb 10, 2025
ގދ. ފިޔޯރީ، ހީނާމާގެ ރުސްތުމް އިބްރާހީމް (25އ) އަދި ބ. ގޮއިދޫ، ފިނިފެންމާގެ، ސައިފްﷲ ފައިސަލް (19އ)
0%
0%
0%

ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލަގައި ހައްޔަރުކުރީ ގދ. ފިޔޯރީ، ހީނާމާގެ ރުސްތުމް އިބްރާހީމް (25އ) އަދި ބ. ގޮއިދޫ، ފިނިފެންމާގެ، ސައިފްﷲ ފައިސަލް (19އ) އެވެ.

ފުލުހުން މިއަދު ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ރުސްތުމްގެ ބަންދަށް ތިން ދުވަސްދީފައިވާ ކަމަށާއި ތަހުގީގާއި ޝަރީއަތް ނިމެންދެން ސައިފުﷲ ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ މީހުންނަށް ތުހުމަތު ކުރަނީ ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ހަމަލާދިން މައްސަލައިގަ އެވެ.

"މި މާރާމާރީގައި ހަމަލާދީފައިވަނީ ކޯރާޑިއަކުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.

މި މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކުރީ ފިލައިގެން ހައިވޭ އިން މާލެއަށް ދަނިކޮށެވެ.

ފުލުހުން ބުނީ އެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރު ފެނިފައިވާ ކަމަށާއި ވަޅިއެއްވެސް ފެނިފައިވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910